|
|
ސެޕްޓެމްބަރު
ސެޕްޓެމްބަރު މަހަކީ މީލާދީ ކަލަންޑަރުގެ ނުވަވަނަ މަހެވެ.
- ދިވެހިރާއްޖޭގައި ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ ފުރަތަމަ ފަހަރަށް ދިވެހި ނޫޓް ހިންގަންފެށުނީ 5 ސެޕްޓެމްބަރު 1948 ގައެވެ.
- ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާބޯތަކެތީގެ މައުރަޒެއް ބޭއްވުނީ 20 ސެޕްޓެމްބަރު 1944 ގައި މާލޭގައެވެ.
- ދިވެހިރާއްޖޭގައި އަތްތެރި މަސައްކަތުގެ ފުރަތަމަ މައުރަޒެއް ބޭއްވުނީ 9 ސެޕްޓެމްބަރު،1945 ގައެވެ.
- މާލޭގެ ހަތަރު އަވަށުގެ ކުޅިވަރު ކްލަބް އުވާލީ ސެޕްޓެމްބަރު 4، 1957 ގައެވެ.
- ދިވެހިރާއްޖޭގައި ފުރަތަމަ ފެތުމުގެ މުބާރާތެއް ބޭއްވީ ސެޕްޓެމްބަރު 7 1957 ގައެވެ.
- ދިވެހިރާއްޖެ،އެކުވެރި ދައުލަތްތައް ނުވަތަ އދ. ގައި ބައިވެރިވީ 21 ސެޕްޓެމްބަރު 1965 ގައެވެ.
- ޞިއްޙަތު ތަރައްގީ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އެކުލަވާލި ޗާޓަރުގައި ރާއްޖެއިން ސޮއިކުރީ 1 ސެޕްޓެމްބަރު 1980 ގައެވެ.
- ހެލްތު ފޯރ އޯލް މެޑަލް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގަތީ 1 ސެޕްޓެމްބަރު 1980 ގައެވެ.
- ލިޔަންކިޔަން ދަތުމާ ބެހޭ ބައިނަލް އަގްވާމީ ދުވަސް ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 8 ސެޕްޓެމްބަރު،1981 ގައެވެ.
|