އަތްމަތީފޮށިއެހެން ބަސްބަހުން
|
އޮޅުދޫކަރަ
ސިރީ ލަންކާ އަކީ ބައްރެ ސަޣީރު (އިންޑިއަން ސަބްކޮންޓިނެންޓް) އިރުދެކުނު އައްސޭރީގައި ހިންދުސްތާނުގެ ދެކުނުން ގާތްގަނޑަކަށް 30 ކިލޯމިޓަރު ގައި އޮތް ގައުމެކެވެ. 1972 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ފްރީ ސޮވެރައިން އެންޑް އިންޑެޕެންޑެންޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" އަށް ބަދަލު ކުރެވުނެވެ. 1978 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" ގެ ނަމަށް ބަދަލު ކުރެވުނެވެ. 1972 ވަނަ އަހަރުގެ ކުރީން ތަފާތު ނަންނަމުން ސިރީ ލަންކާ ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ މައްޝޫރު ނަމަކީ "ސިލޯން" މިނަމެވެ.
[އުނިއިތުރު ގެންނަވާ] ތާރީހުމިރަށާ މެދު ތާރީހީ ގޮތުން އެންމެ ފުރިހަމަ މައުލޫމާތު ތަކެއް ވާކަމަށް ދައުވާ ކުރެވެނީ މަހަވަމްސާގައެވެ. އަދި މިއީ ހިންދުސްތާނުގެ ބޯދާ ރާދަވަޅީގެ އެންމެ މުހިއްމު މަސްދަރެވެ. ކާއްސަ ގޮތެއް ގައި މަހާ ސިކަންދަރާއި (އެލެގްޒެންޑަރ ދި ގްރޭޓް) ޔޫނާނީންގެ ދުވަސްވަރުގެ ތާރީހާ މެދުގައެވެ. މަހަވަމްސާ ގައި އަމީރު ވިޖެޔާ އާއި އެ މަނިކުފާނު ގެ ބައިވެރިންނާ ހަމަ އިން ފެށިފައި ވާ ސިންހަޅަ ރަސްކަމެއް ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. އަދި އޭ ގައި ފަހުން ސިރީ ލަންކާ ގެ ވެރިރަށެއް ގެ ގޮތު ގައި ވި އަނޫރާދަޕޫރާގެ އަސްލު ކަމުގައިވާ އަނޫރާދާގަން އަވަށް ބިނާ ކުރެއްވި އަނޫރާދާ ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. މި އަނޫރާދާ އަކީ ވިޖެޔާ ރަސްގެފާނުގެ މަންތިރިއެކެވެ. [އުނިއިތުރު ގެންނަވާ] އިސްތިޢުމާރީ ވެރިކަން[އުނިއިތުރު ގެންނަވާ] މިނިވަންވުން[އުނިއިތުރު ގެންނަވާ] ސިންހަޅަ-ތަމަޅަ އަރާރުން[އުނިއިތުރު ގެންނަވާ] ޖޭ.ވީ.ޕީ ރިބެލިއަން[އުނިއިތުރު ގެންނަވާ] ގެރިއްލާ ހަނގުރާމަ[އުނިއިތުރު ގެންނަވާ] ދެވަނަ ޖޭ.ވީ.ޕީ ރިބެލިއަން[އުނިއިތުރު ގެންނަވާ] މުސްލިމް އެކްސޯޑަސް[އުނިއިތުރު ގެންނަވާ] ސީސްފަޔަރ އެންޑް ޓޯލްކްސް[އުނިއިތުރު ގެންނަވާ] ސުނާމީ[އުނިއިތުރު ގެންނަވާ] އިދާރީ ގޮތުން ބެހިފައިވާ ޝަހަރުތައްމެދުތެރެ......................... ކެންޑީ އުތުރު މެދުތެރެ................... އަނޫރާދަޕޫރާ އުތުރު ......................... ޖަފްނާ އިރުމަތި ......................... ބަޓިކޯޅާ ހުޅަގު އުތުރު .................... ކުރުނެގަލާ ދެކުނު .......................... ގައްލީ އުވާ ............................ ބަޑުއްލާ ހުޅަގު .......................... ކޮޅުބު ސަބަރަގަމްވާ ......................... ރަޓްނާޕޫރާ [އުނިއިތުރު ގެންނަވާ] ސިޔާސަތުއޮޅުދޫ ކަރައަކީ ސޯޝަލިސްޓް ޑިމޮކްރެޓިކް ޖުމްހޫރިއްޔާ އެކެވެ. ހަމަމިހެން އެއީ ޔުނިޓަރީ ސްޓޭޓެކެވެ. އޮޅުދޫ ކަރައިގެ ސަރުކާރަކީ ބަރުލަމާނީ އަދި ރިޔާސީ ނިޒާމް މަސްހުނިވެގެން އުފެދިފައިވާ ސަރުކާރެކެވެ. އޮޅުދޫ ކަރައިގެ ރައީސަކީ އެގައުމުގެ ހެޑް އޮފް ސްޓޭޓް، ކޮމާންޑަރ އިންޗީފް އޮފް އާރމްޑް ފޯސް އަދި ހެޑް އޮފް ގަވަރމެންޓް ވެސް މެއެވެ. އޮޅުދޫ ކަރައިގައި ރައީސް އިންތިޚާބު ކުރަނީ ކޮންމެ 6 އަހަރުން އެއް ފަހަރު އެވެ. ބަރުލަމާންގައި ހިމެނޭ މެންބަރުންގެ ތެރެއިން ކެބިނެޓް މިނިސްިޓަރުން އައްޔަން ކުރަނީ ރައީސް އެވެ. ރައީސްގެ ނައިބަކަށް ހުންނަ މީހާ އަކީ އޮޅުދޫ ކަރައިގައި ބޮޑު ވަޒީރެވެ. ގައުމުގެ އެތެރޭގެ ކަންތައްތައް ބަލަހައްޓައި ހެދުމުގައި މުހިއްމު ދައުރެއް ބޮޑު ވަޒީރު އަދާކުރެއެވެ. އޮޅުދޫ ކަރައިގެ ބަރުލަމާނަށް މީހުން އިންތިޚާބު ކުރަނީވެސް ކޮންމެ 6 އަހަރުން އެއް ފަހަރު އެވެ. އިންތިޚާބުގައި ކޮންމެ ހިސާބަކުން އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ އަކަށް ބޯނަސް ޝީޓެއް ބަރުލަމާނުން ލިބެއެވެ. ބަރުލަމާން އެކުލެވޭތާ އެއް އަހަރު ވުމަށްފަހު ބޭނުން ވެއްޖެ ހިނދެއްގައި ބަރުލަމާން އުވާލުމުގެ އިޚްތިޔާރު ރައީސަށް ލިބިގެން ވެއެވެ. 1 ޖުލައި 1960 ގައި ދުނިޔޭގެ ތާރީޚްގައި ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ ގޮތުގައި އޮޅުދޫކަރައިގެ ބޮޑު ވަޒީރަކަށް ސްރީމާވޯ ބަންޑާރަ ނަޔަކަ ހޮވިގެން ދިޔައެވެ. ބަންޑްރިކާގެ ދަރި ކަނބަލުން ޗަންދުރިކާ ކުމާރުތުންގާ ވަނީ ތަފާތު ފަހަރުތަކުގައި އޮޅުދޫ ކަރައިގެ ބޮޑު ވަޒީރު ކަންކޮށްފައެވެ. އަދި 1999ން 2005 އަށް އޮޅުދޫ ކަރައިގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފައި ވެއެވެ. އޮޅުދޫ ކަރައިގެ މިހާރުގެ ރައީސް މަހިންދާ ރަޖާޕަކްސާ އަދި ބޮޑު ވަޒީރު ރަޓްނަމްސިރީ ވިކްރަމް ނަޔަކަ އެމަގާމަށް އިސްކުރެވުނީ 21 ނޮވެންބަރު 2005 ގައެވެ. މިއަދު އޮޅުދޫ ކަރައިގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަނީ މިހާރުގެ ރައީސް މަހިންދާ ރަޖާޕަކްސާ ރައީސަކަށް ހުންނަވާ ލެފްޓް ވިންގ ސްރީލަންކާ ފްރީޑަމް ޕާޓީ އިންނާއި، އަދި ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހާ ވެރިއަކަށް ހުންނަވާ ރައިޓް ވިންގ ސްރީލަންކާ ފްރީޑަމް ޕާޓީ އިންނެވެ. މީގެ އިތުރުން ބުޑިސްޓް، ސޯޝަލިސްޓް އަދި ޓަމިލް ނޭޝަނަލިސްޓް ފަދަ ޕޮލިޓިކަސް ކުދިކުދި ޕާޓީތައް އޮޅުދޫ ކަރައިގައި އޮވެއެވެ. 1948ން ފެށިގެން އޮޅުދޫ ކަރައަކީ ކޮމަން ވެލްތުގެ މެންބަރު ގައުމެކެވެ. އަދި އދ.ގެ މެންބަރު ގައުމެއްވެސް މެއެވެ. ހަމަ މިހެން އޮޅުދޫ ކަރައަކީ އޭޕެކް އަދި ސާރކްގެ މެންބަރު ގައުމެއް ވެސް މެއެވެ. ފިނި ހަގުރާމައިގެ ދުވަސްވަރު އޮޅުދޫ ކަރަ ތަބާވެފައިވަނީ ނޮން-އެލިމެންޓް މޫވްމެންޓްގެ ބޭރުގެ ސިޔާސަތަށެވެ. އަދި އޭރު ޔޫރަޕާއި އެމެރިކާއާއި ގާތްގުޅުމެއް ބާއްވައިފައި ވެއެވެ. އޮޅުދޫ ކަރައިގެ އަސްކަރިއްޔާގައި ޝާމިލްވަނީ ސްރީލަންކަން އާރމީ، ސްރީލަންކަން ނޭވީ އަދި ސްރީލަންކަން އެއަރފޯސް މިތިން ބައެވެ. މިތިން ބައިމެ އިދާރީގޮތުން ބަލަހައްޓަނީ ދިފާޢީ ވުޒާރާގެ ފަރާތުންނެވެ. އޮޅުދޫ ކަރައަށް އަސްކަރީ ގޮތުން އެހީތައް ޕާކިސްތާން، ސީނު ކަރަމ އެމެރިކާ އަދި އިގިރޭސި ވިލާތުން އަބަދުވެސް ދެމުން ގެންދެއެވެ. [އުނިއިތުރު ގެންނަވާ] ޖޫރާފީއޮޅުދޫ ކަރަ އޮންނަނީ އިންޑިޔާ ކަނޑުގައި ބޭއޮފް ބެންގަލްގެ ހުޅަގު ދެކުނުން އަދި އަރަބި ކަނޑުގެ އިރު ދެކުނުގައެވެ. އޮޅުދޫ ކަރައާއި، ހިންދުސްތާން ވަކިކޮށްދެނީ އެދެމެދުގައިވާ މަންނާރު ކަނޑުއޮޅި އެވެ. ހިންދީން ގަބޫލު ކުރާ ގޮތުގައި އޮޅުދޫ ކަރަ އާއި، ހިންދުސްތާން ގުޅާލުމަށް ރާމާގެ ދުވަސްވަރު ނާލާ ކިޔާ އާކިޓެކްޓަކު ރާމާ ބްރިޖް ކިޔާ ބްރިޖެއް ބިނާކޮށްފައި ވެއެވެ. މިހާރު މިބުނާތަން ފެންނަށްހުރި ފެނުން މައްޗަށް ހުރި ގާތަކެއްގެ ސިފައިގައެވެ. ޓެމްޕަލް ރިކޯޑްތައް ބުނާގޮތުން މިތަބީޢީ ކޯޒްވޭ ކުރިން އޮތީ ރަގަޅަށެވެ. ނަމަވެސް 1480 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ތޫފާން ތަކެއްގައި މިކޯޒްވޭ ވަނީ ހަލާކުވެ ގޮސްފައެވެ. އޮޅުދޫ ކަރައިގެ ޖައްވަކީ ހޫނު އަދި ތެތްކަމެއް އެކުލެވޭ މާހައުލެކެވެ. އޮޅުދޫ ކަރައިގެ ފިނިހޫނު މިނަށް ބަލާއިރު ނޫރަލިޔާގައި ފިނިހޫނު މިން އުޅެނީ 16 ޑިގްރީ ސެލްޒިއަސް ގައެވެ. ހޫނުުމަތި އިރު އުތުރު އައްސޭރީގައި އޮންނަ ޓްރިންކޮމާލީ ގައި ފިނި ހޫނު މިން 38 ޑިގްރީ ސެލްޒިއަސް އަށް ދެއެވެ. މުޅި އަަހަރަށް ބަލާއިރު ފިނިހޫނު މިން އުޅެނީ 30-28 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ. އޮޅުދޫ ކަރައަށް އެންމެ ފިނިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެދުވަސްވަރު އުސް ހިސާބުތަކުގައި އުޅޭމީހުން ކޯޓް، ޖެކެޓް ފަދަ ތަކެތި ލާން ޖެހެއެވެ. ޖައްވުގެ ތެތްކަން އާއްމު ގޮތެއްގައި ހުޅަގު ދެކުނާއި އަދި ފަރުބަދަތައް ހިމެނޭ ހިސާބުގައި މަތިކަމަށް ފާހަގަ ވެއެވެ. އެވްރެޖް ގޮތެއްގައި ކޮޅުބުގައި ޖައްވުގެ ތެތްކަން ހުންނަނީ 70 އިންސައްތައިގައެވެ. [އުނިއިތުރު ގެންނަވާ] އެކޮލޮޖީއޮޅުދޫ ކަރައިގެ ހުޅަގު ދެކުނާއި، ފަރުބަދަ ތައް އެކުލެވޭ ހިސާބަށް ތެތް ހިސާބު ނުވަތަ ވެޓް ޒޯންގެ ނަމުން މުޚާތަބު ކުރެވެއެވެ. މިހިސާބަށް އަހަރަކު ގާތްގަނޑަކަށް 2500 މިލިމީޓަރުގެ ވާރޭ ވެހޭ ކަމަށް ރިކޯޑްތަކުން ދައްކައެވެ. އިރުދެކުނާއި، އިރުމަތި އަދި އުތުރުގެ ހިސާބުތަކަށް ހަނަފަސް ހިސާބު ނުވަތަ ޑްރައި ޒޯންގެ ނަމުން މުޚާތަބު ކުރެވެއެވެ. މިހިސާބަށް ގާތްގަނޑަކަށް އަހަރަކު 1900-1200 އާއި ދެމެދުގެ މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ރިކޯޑްތަކުން ދައްކައެވެ. މިހިސާބުތަކަށް ޢާއްމުކޮށް ވާރޭ ވެހެނީ އޮކްޓޯބަރުން ފެށިގެން ޖެނުއަރީ މަހާއި ދެމެދުގައެވެ. އޮޅުދޫ ކަރައިގެ ބިމުގެ ބޮޑު ބަޔަކީ އެއްދުވަސްވަރެއްގައި ޖަންގަލީގެ ގޮތުގައި ބެލެވުނު ތަންތަނެވެ. ނަމަވެސް މިއަދު ޖަންގަލީގެ ގޮތުގައި އޮތީ އޮޅުދޫ ކަރައިގެ ބިމުގެ 5 އިންސައްތައެވެ. އިރު ދެކުނުގައިވާ ރުހުނު ގައުމީ ޕާރކްގައި އެތް، ފުއްލާ، ސާމަރާދޫނި ފަދަ ތަކެތި ހިމާޔަތްކޮށްގެން ގެންގުޅެއެވެ. އަދި ހުޅަގު އުތުރުގައިވާ ވިލްޕައްޓޫ ގައުމީ ޕާކްގައި ތަފާތު ބާވަތްތަކުގެ ފެނު ދޫނިތަކަށް ހިމާޔަތްކަން ދީފައި ވެއެވެ. [އުނިއިތުރު ގެންނަވާ] އިގްތިޞާދުއޮޅުދޫ ކަރައަކީ ނަވާރަ އަދި ވިހިވަނަ ގަރުނު ތެރޭގައި ޕްލާންޓޭޝަން އިކޮނޮމީ އެއް އުފެދިގެން އައިތަނެކެވެ. އެގޮތުން އޮޅުދޫ ކަރަ މަޝްހޫރު ވެގެންދިޔައީ ރަބަރު، ފޮނިތޮށި، އަދި ސައިފަތް ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް އުފައްދައި ބޭރުކުރާ ގައުމަކަށް އޮޅުދޫ ކަރަ ވެގެން ދިއުމުންނެވެ. އޭޕްރީލް 2004 ގައި ސްރީލަންކާ ފްރީޑަމް ޕާޓީ، އަދި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލިއެންސް ގުޅިގެން ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ވެރިއަކަށް ހުންނެވި ރަނިލް ވިކްރަމް ސިންހާ ބަލިކުރެއްވުމާއެކު އޮޅުދޫ ކަރައިގެ އިގްތިޞާދުތައް ބޮޑެތި ބަދަލު ތައް އައެވެ. އާ ސަރުކާރުން ސްޓޭޓް އެންޓަރޕްރައިސަސް ޕްރައިވަޓައިޒް ކުރުން ހުއްޓާލިއެވެ. އެދުވަސްވަރު ރަޓާ ޕެރާޓާ ކިޔާ އިގްތިޞާދީ ޕްރޮގްރާމެއް އޮޅުދޫ ކަރައިގެ އިގްތިޞާދަށް ހެޔޮބަދަލުތައް ގެނައުމަށް ހިންގުނެވެ. މިޕްރޮގްރާމުގެ ބޭނުމަކަށް ވެފައި އޮތީ ބޭރުގެ މީހުންގެ އަތްމައްޗަށް އޮޅުދޫ ކަރައިގެ އިގްތިޞާދު ދޫވެގެން ދިޔަ ނުދިނުމެވެ. 2004 ވަނަ އަހަރު އެކަނިވެސް ހަމައެކަނި ތެލަށް އޮޅުދޫ ކަރައިން 180 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ. [އުނިއިތުރު ގެންނަވާ] ދަތުރު ފަތުރުއޮޅުދޫ ކަރައިގެ ގިނަ ޝަހަރު ތަކާއި ރަށްތަކަށް ރޭލުގެ އެހީގައި ދަތުރު ކުރެވޭނެ މަގުވަނީ ފަހިކޮށްފައެވެ. ސްރީލަންކަން ރެއިލްވޭސް ހިންގަނީ ގައުމީ ރެއިލްވޭ އޮޕަރޭޓަރ ގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ހުޅުވުނު ރޭލް ދަތުރު ކުރާ މަގު ހުޅުވިގެންދިޔައީ 26 އޭޕްރީލް 1867 ގައެވެ. މިއީ ކޮޅުބާއި ކެންޑީ ގުޅާލުމަށް ހެދުނު ރޭލު ދަތުރު ކުރާ މަގެކެވެ. އޮޅުދޫ ކަރައިގައި ދަތުރު ފަތުރުކުރުމަށް ހެދިފައިވާ މަގުތަކުގެ ޖުމްލަ ބޮޑުމިން ގާތްގަނޑަކަށް 11 ހާސް ކިލޯ މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ގިނަ މަގުތައް އޮންނަނީ ތާރު އަޅާފައެވެ. އޮޅުދޫ ކަރައިގައި ދަތުރު ފަތުރު ކުރުމުގެ ފަސޭހަ އަށް ތަފާތު ހައިވޭ ތައް ނުވަތަ ފާލަން ތައް ބިނާކުރެވިފައި ވެއެވެ. މިގޮތުން ފާހަގަ ކުރެވޭ މަޝްހޫރު ހައިވޭ ތަކުގެ ތެރޭގައި ކޮލަމްބޯ-ކަޓްނަޔަކަ އެކްސްޕްރެސްވޭ، ކޮލަމްބޯ-ކެންޑީ އެކްސްޕްރެސްވޭ، ކޮލަމްބޯ-ޕެޑަނިޔާ އެކްސްޕްރެސްވޭ، ފަދަ ހައިވޭ ތައް ހިމެނެއެވެ. އޮޅުދޫ ކަރައިގެ ޖަފްނާ ސިޓީ އާއި، ހިންދުސްތާނުގެ ޗެއްނާއީ ގުޅާލުމަށް ހެދޭ ބްރިޖް ގެ މަޝްރޫޢުގެ ޕްލޭން މިހާރު ދަނީ ކުރެވެމުންނެވެ. އޮޅުދޫ ކަރައިގައި ޢާއްމު ބަސްތަކުގެ ޚިދުމަތްދެނީ ސިލޯން ޓްރާންސްޕޯޓް ބޯޑް ގެ ފަރާތުންނެވެ. އޮޅުދޫ ކަރައިގެ އެތެރޭގައި 430 ކިލޯ މީޓަރުގެ ފެނުގެ މަގުތައް ވެސް ވެއެވެ. ފެން ފުން ތިން ބަދަރު އޮޅުދޫ ކަރައިގައި އޮވެއެވެ. މިތަންތަން އޮންނަނީ ކޮޅުބު، ގެއްލީ ، އަދި ޓްރިންކޮމާލީ ގައެވެ. ތާރު އަޅާފައިވާ 12 ވައިގެ ބަނދަރާއި، އަދި ތާރު ނާޅައި ބޭނުންކުރެވޭ ދެ ވައިގެ ބަދަރު އޮޅުދޫ ކަރައިގައި އޮވެއެވެ. އޮޅުދޫ ކަރައިގެ ގައުމީ އެއަރލައިނަކީ ސްރީލަންކަން އެއަރވޭސް އެވެ. މިއެއަރލައިން މިހާރު ހިންގަނީ އެމިރޭޓްސް އެއަރލައިންގެ ފަރާތުންނެވެ. ދާދި ފަހުން ސްކައި ޓްރެކްސް ގެ ފަރާތުން ސްރީލަންކަން އެއަރވޭސް ވަނީ ދެކުނު އޭޝިޔާގެ އެންމެ ފެންވަރު ރަގަޅު އެއަރލައިންގެ ގޮތުގައި ހޮވާފައެވެ. ސްރީލަންކަން އެއަރ ޓެކްސީ އަކީ އެތެރޭގެ އުދުން ތަކުގައި ބައިވެރިވާ އެއަރ ލައިނެކެވެ. މީގެ އިތުރުން ލަންކް އެއަރ، އަދި އެކްސްޕޯ އޭވިއޭޝަން އަކީ ވެސް މިފަދަ ދެއެއަރލައިން އެވެ. ބަންޑާރަ ނަޔަކަ ބައިނަލް އަގުވާމީ ވައިގެ ބަނދަރަކީ އޮޅުދޫ ކަރައިގައި އޮތް ހަމައެކަނި ބައިނަލް އަގްވާމީ ވައިގެ ބަނދަރެވެ. މިބަދަރު އޮންނަނީ ކޮޅުބުގެ 22 ކިލޯ މީޓަރު އުތުރުގައި ކަޓްނަޔަކާ ގައެވެ. [އުނިއިތުރު ގެންނަވާ] އަސްކަރިއްޔާއޮޅުދޫ ކަރައިގެ ސިފައިން ވަނީ އެގައުމުގެ ތާރީޚްގައި ގިނަ ހަގުރާމަ ތަކެއްގައި ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ބޮއީ ހަގުރާމަ އަދި އެއްވަނަ އަދި ދެވަނަ ބޮޑު ހަގުރާމަ ހިމެނެއެވެ. 2004ން ފެށިގެން ހެއިޓީގައި އޮންނަ އ.ދ ގެ ސުލްޙަ ބަލަހައްޓާ ސިފައިންގެ ތެރޭގައި އޮޅުދޫ ކަރައިގެ ސިފައިން އަންނަނީ ޝާމިލް ވަމުންނެވެ. އޮޅުދޫ ކަރައިގެ އަސްކަރިއްޔާ ބަހާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ސްރީލަންކަން އާރމީ، ސްރީލަންކަން ނޭވީ އަދި ސްރީލަންކަން އެއަރ ފޯސް މި ތިން ބައެވެ. އޮޅުދޫ ކަރައިގެ އެތެރޭގައި ހަރަކާތްތެރިވާ ތަމަޅައިންނާއި ސަރުކާރު ސިފައިންނާއި ހަގުރާމަ ކުރާތާ މިހާރުވަނީ 25 އަހަރު ވެފައެވެ. މިބުނި ތަމަޅައިންގެ ޖަމާޢަތަކީ ތަފާތު 32 ގައުމަކުން ނިރުމަޅަވެރިން ނުވަތަ ޓެރަރިސްޓުންގެ ގޮތުގައި ސިއްކަ ޖަހާފައިވާ ޖަމާޢަތެކެވެ. [އުނިއިތުރު ގެންނަވާ] ޑެމޮގްރާފިކްސްއޮޅުދޫ ކަރައަކީ ދުނިޔޭގެ 53 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އޮޅުދޫ ކަރައިގައި އަހަރަކު އާބާދީ އިތުރުވާ ނިސްބަތަކީ 0.79 އިންސައްތަ އެވެ. އޮޅުދޫ ކަރައިގައި ކޮންމެ 1000 މީހަކަށް އުފަންވާ ރޭޓް 15.63 ގައި އުޅޭއިރު މަރުވާ ރޭޓް އުޅެނީ 6.49 ގައެވެ. އާބާދީ އެންމެ ގިނައީ އޮޅުދޫ ކަރައިގެ ހުޅަގު ގައެވެ. ޚާއްޞަކޮށް ވެރިރަށް ކޮޅުބާއި އެޝަހަރުގެ ވަށައިގެންވާ ހިސާބުތަކުގައެވެ. ވައްނިޔަލަ އެއްޓޯ އޭ ކިޔޭ ރަށުގައި ކުޑަ އާބާދީ އެއް އޮވެއެވެ. މިރަށުގެ މީހުންނަށް ކިޔަނީ ވެއްދާހްސް އެވެ. އޮޅުދޫ ކަރައިގެ އާބާދީގެ 81.9 އިންސައްތަ ޙިއްޞާ ކުރަނީ ސިންހަޅަ އިންނެވެ. ޢާންމު ގޮތެއްގައި ތަމަޅައިން އެންމެ ގިނައީ އުތުރާއި އިރުމަތީގެ ހިސާބުތަކުގައެވެ. ނަމަވެސް މެދުތެރެއާއި ހުޅަގުގެ ޝަހަރުތަކުގައި ވެސް ތަމަޅައިން އުޅެއެވެ. ބުނެވޭގޮތުގައި ތަމަޅައިންނަކީ އިންޑިޔާއިން އިގިރޭސިންގެ އަތްދަށުގައި އޮޅުދޫ ކަރަ އޮތް ދުވަސްވަރު މަސައްކަތު މީހުންގެ ގޮތުގައި އޮޅުދޫ ކަރައަށް ގެނައި މީހުންނެވެ. ނަމަވެސް ތަމަޅައިންގެ ތެރޭގައި އޮޅުދޫ ކަރައަށް އެމީހުންގެ ނަސްލު ނިސްބަތްވާ ތަމައިންވެސް އުޅެއެވެ. 2001 ގެ ބޯހިމެނުގެ ހިސާބުތައް ދައްކާގޮތުން އިންޑިޔަން ތަމަޅައިންގެ ނިސްބަތަކީ 5.1 އިންސައްތަ އެވެ. އަދި އޮޅުދޫ ކަރައިގެ ތަމަޅައިންގެ ނިސްބަތަކީ 4.3 އިންސައްތަ އެވެ. މީގެ އިތުރުން މޫރުން ގެ 8 އިންސައްތަ އޮޅުދޫކަރައިގައި ދިރިއުޅެއެވެ. މޫރުންނަކީ އުތުރު އެފްރިކާ އަދި މެދުއިރުމަތީގެ ހިސާބުތަކުން އައިސް އޮޅުދޫ ކަރައިގައި ވަޒަންވެރި ދަރިފަސްކޮޅަކަށް ނިސްބަތްވާ މީހުންނެވެ. އޮޅުދޫ ކަރައިގައި ވާހަކަ ދެެކެވޭ ރަސްމީ ދެބަހަކީ ސިންހަޅަ އަދި ތަމަޅަ ބަހެވެ. އިގިރޭސި ބަހުން ވާހަކަ ދައްކަނީ އާބާދީގެ އެންމެ 10 އިންސައްތަ އެވެ. އާއްމު ގޮތެއްގައި އިގިރޭސި ބަސް ބޭނުންކުރަނީ ކިޔަވައިދިނުމާއި، ވިޔަފާރިއާއި އަދި ސައިންޓިފިކް ކަންކަމާއި ގުޅޭ ބޭނުންތަކުގައެވެ. ތަފާތު ދީންތަކުގެ މީހުން އޮޅުދޫ ކަރައިގައި އުޅެއެވެ. ގާތްގަނޑަކަށް 76.7 އިންސައްތަ މީހުންނަކީ ބުދު ދީނުގެ އަހުލު ވެރިންނެވެ. ސްރީ ޑަލާޑާ މަލިގާވާ ނުވަތަ ދަތުގެ ބުދު ފައްޅި އަކީ އޮޅުދޫ ކަރައިގައި ހުރި ބުދު ދީނުގެ އެންމެ ބޮޑު ނުވަތަ މައި ބުދު ފައްޅި އެވެ. އާބާދީގެ 7.9 އިންސައްތަ ހިންދީ ދީން އިޚްތިޔާރު ކޮށްފައިވާއިރު 7 އިންސައްތަ ޙިއްޞާ ކުރަނީ މަޞީޙީންނެވެ. އޮޅުދޫ ކަރައިގެ އާބާދީގެ 8.5 އިންސައްތަ އަކީ މުސްލިމުންނެވެ. [އުނިއިތުރު ގެންނަވާ] ސަގާފަތުއޮޅުދޫ ކަރައަކީ ތަފާތު ދެ ސަގާފަތެއް އޮންނަ ތަނެކެވެ. އެއީ ތަމަޅަ އާއި ސިންހަޅައިންގެ ސަގާފަތެވެ. ސިންހަޅައިންގެ މައި ހިސާބަކީ ކެންޑީ އަދި އަނޫރާދަޕޫރާ އެވެ. ތަމަޅައިންގެ މައި ހިސާބަކީ އުތުރުގައިވާ ޖަފްނާ އެވެ. ވަރަށް ފަހަކާއި ޖެހެންދެން އޮޅުދޫ ކަރައިގެ އަހުލުވެރިން ކައި އުޅުނީ އެމީހުންގެ އަމިއްލަ ނުވަތަ ޓްރެޑިޝަނަލް ކާނާގެ ގޮތުގައި ބެލެވޭ ބާވަތްތަކެވެ. އަދި ކޮށް އުޅުނު މަސައްކަތްތަކަކީ ވެސް ގިނަފަހަރު އެމީހުންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތްތަކެެވެ. ނަމަވެސް އިގުތިޞާދީ ގޮތުން ކުރިއަރައިގެން އައިއިރު އެހެން ގައުމުތަކާއި ވާދަކުރުމަށްޓަކައި ތަފާތު މަސައްކަތްތަކާއި ކަންތައްތައް އޮޅުދޫ ކަރައިގެ މުޖުތަމަޢުގެ ތެރެއަށް ވެސް ތަޢާރަފްވެގެން ދިޔައެވެ. މިއަދު އޮޅުދޫ ކަރައިގެ އަހުލުވެރިންގެ މައިގަނޑު ކެއުމުގެ ތެރޭގައި ބަތް، ރިހަ، ވަޓަލައްޕަން،ކިރިބަތު، ޕިއްޓޫ، ބިސް، މޭވާ ތަރުކާރީ، ކިރުގެ ބާވަތްތައް ބޭނުން ކުރެއެވެ. އިސާލާ ޕެރަހްރާ އަކީ ކޮންމެ އަހަރެއްގެ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި އޮޅުދޫ ކަރައިގެ ކެންޑީގައި ބޭއްވޭ ބޮޑު ކާނިވަލެކެވެ. އެކާނިވަލަށްޓަކައި މީހުން ވަކި ޚާއްޞަ ހެދުމެއް ތުރުކުރެއެވެ. ބުޑިސްޓުން ފާހަގަ ކުރާ މިކާނިވަލުގައި އެތް ފަދަ ޖަނަވާރުތައް ޒީނަތްކޮށް ތަފާތު ބާވަތްތަކުގެ ނެށުންތައް ހުށަހެޅުން އޮވެއެވެ. އެގޮތުން އަލިފާން ބޭނުން ކޮށްގެން ފުރިހަމަ ކުރާ ނެށުމާއި، ޗާބޫކް ބޭނުންކޮށްގެން ފުރިހަމަކުރާ ނެށުމާއި އަދި ކެންޑީ މީހުންގެ ޚާއްޞަ ނެށުން އޮވެއެވެ. ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އުފައްދައި ބޭރުކުރާ ގައުމަށް ވުމާއެކު އޮޅުދޫ ކަރައިގެ އަހުލުވެރިން ވަރަށް ގިނައިން ސައިބޮއި ހަދައެވެ. [އުނިއިތުރު ގެންނަވާ] ދީންއޮޅުދޫ ކަރައިގެ އާބާދީ 70 އިންސައްތަ މީހުންނަކީ ބުދު ދީނުގެ އަހުލުވެރިންނެވެ. އޮޅުދޫ ކަރައިގެ ތާރީޚް ބުނާގޮތުން އޮޅުދޫ ކަރަޔަށް ބުދު ދީން ތަޢާރަފްވެގެން އައީ ޢީސާގެ ފާނުގެ 2 ގަރުނުގެ ކުރިންނެވެ. ބުދު ދީން ތަޢާރަފް ކުރީ އޮޅުދޫ ކަރައިގެ އޭރުގެ ރަސްކަލުން ދިވަނަ ޕިޔަތިއްސާގެ ދުވަސްވަރު އެމްޕަރަރ އަކަށްހުރި އަޝޯކާގެ ދަރިކަލުން މަހިންދާ ކަމަށް ބުނެއެވެ. ފުރަތަމަ ބުދު ކިއްލާ ބިނާކުރެވުނީ އޭރު ވެރިއަކަށް ހުންނެވި ރަސްގެފާނުގެ ބެލުމުގެ ދަށުންނެވެ. އޮޅުދޫ ކަރައިގެ މީހުންގެ ދިރިއުޅުމާއި ސަގާފަތުގައި ދީން މުހިއްމު ދައުރެއް އަބަދު ވެސް އަދާކުރެއެވެ. ބުދު ދީނުގެ އަހުލުވެރިން ހަދުމަހުގެ ކަލަންޑަރާއި އެއްގޮތަށް ޕޮޔާ ދުވަސް ކިޔާ ދުވަހެއް ކޮންމެ މަހަކު ފާހަގަ ކުރެއެވެ. ހިންދީންނާއި މުސްލިމުންގެ އެދީންތަކުގެ ޚާއްޞަ ދުވަސްތައް ފާހަގަ ކުރެއެވެ. އޮޅުދޫ ކަރައިގައި ބުދުފައްޅި ތަކާއި، މިސްކިތްތައް، ހިންދީންގެ ފައްޅި ތަކާއި، މަސީޙީންގެ ފައްޅިތައް ގިނަ އަދަދަކަށް ހުރެއެވެ. އުތުރު ނޫން ހުރިހާ ހިސާބެއްގައި ވެސް ބުދު ދީނުގެ އަހުލުވެރިން އުޅެއެވެ. އުތުރު، އިރުމަތި އަދި މެދުތެރޭގެ އުސް ހިސާބުތަކުގައި ހިންދީ ދީނުގެ އަހުލުވެރިން އުޅެއެވެ. މަޞީޙީން ގިނައިން އުޅެނީ ހުޅަގުގެ އައްސޭރި ފަށުގައެވެ. އައްސޭރި ފަށާއި އަދި އެތެރޭގެ އެކި ހިސާބުތަކުގައި މުސްލިމުން އުޅެއެވެ. [އުނިއިތުރު ގެންނަވާ] އާސާރީ ތަރިކަޔުނެސްކޯ އިން ހޮވާފައިވާ ދުނިޔޭގެ އާސާރީ ތަރިކަ ތަކުގެ ތެރޭގައި އޮޅުދޫ ކަރައިގެ 7 ތަނެއް ފާހަގަކޮށްފައި ވެއެވެ. އެއީ އޭންސިއެންޓް ސިޓީ އޮފް ޕޮލޮނަރުވާ، އޭންސިއެންޓް ސިޓީ އޮފް ސިގިރިޔާ، ޑަމްބުއްލާގެ ރަން ބުދު ފައްޅި، އޯލްޑް ޓައުން އޮފް ގެއްލީ، ސެކްރެޑް ސިޓީ އޮފް އަނޫރާދަޕޫރާ، ސެކްރެޑް ސިޓީ އޮފް ކެންޑީ، އަދި ސިންހަ ރާޖާ ޖަންގަލި އެވެ. ސިގިރިޔާ އަކީ މެދުތެރޭ އޮޅުދޫ ކަރައިގައި އޮންނަ އާކިއޮލޮޖިކަލް ސައިޓެކެވެ. މިތާގައިވަނީ މީލާދީން 495-477ން ރަސްކަން ކުރެއްވި ކަސަޔާޕާ ރަސްގެފާނުގެ ގަނޑުވަރުގެ ބައިތަކެވެ. މިއީ ބަޔާންކުރެވުނު 7 ތަނުގެ ތެރެއިން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއްތަންވެސް މެއެވެ. ބައެއް މީހުން ދުނިޔޭގެ 8 ވަނަ އަޖައިބުގެ ގޮތުގައި ސިގިރިޔާ ސިފަ ކުރެއެވެ. [އުނިއިތުރު ގެންނަވާ] މީޑިއާއޮޅުދޫ ކަރައިގެ ގައުމީ ރޭޑިޔޯ ރޭޑިޔޯ ސިލޯން އަކީ އޭޝިޔާގައި ހުރި އެންމެ ދުވަސްވީ ރޭޑިޔޯ ސްޓޭޝަނެވެ. މިތަން އުފައްދާފައިވަނީ 1923 ވަނަ އަހަރު އެޑްވަރޑް ހާރޕަރ އެވެ. އޭޝިޔާގެ އެންމެ މަޝްހޫރު އެއް ރޭޑިޔޯ ރޭޑިޔޯ ސިލޯންގެ ޕްރޮގްރާމްތައް އަވަށްޓެރި ގައުމު ތަކަށް ވެސް ލިބެއެވެ. މިއަދު ރޭޑިޔޯ ސިލޯން ހިންގަނީ ސްރީލަންކަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ގެ ފަރާތުންނެވެ. ރޭޑިޔޯ ސިލޯން ދުރަށް ފޮނުވޭ ބަސްތަކުގެ ތެރޭގައި ސިންހަޅަ، ތަމަޅަ، ހިންދީ އަދި އިގިރޭސި ހިމެނެއެވެ. 1980 ވަނަ އަހަރުން ފެށިގެން ތަފާތު އަމިއްލަ ރޭޑިޔޯ ސްޓޭޝަންތައް އަންނަނީ އުފެދެމުންނެވެ. މިހާރު އުފެދިފައިވާ މިފަދަ ރޭޑިޔޯ ސްޓޭޝަން ތަކުގެ ތެރޭގައި ޝްރީ އެފްއެމް، ގޯލްޑް އެފްއެމް، ވައި އެފްއެމް، އެން އެފްއެމް، ޝާ އެފްއެމް، ނެތު އެފްއެމް، ސަން އެފްއެމް، އަދި ޔޭސް އެފްއެމް، ފަދަ ރޭޑިޔޯތައް ހިމެނެއެވެ. މަޝްހޫރު ޓީވީ ސްޓޭޝަން ތަކުގެ ތެރޭގައި ޑިރާނާ ޓީވީ، ސިރާސާ ޓީވީ، އީޓީވީ، އޭއާރްޓީވީ، މެކްސް ޓީވީ، އަދި ޝަކްތީ ޓީވީ ފަދަ ޓީވީ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ދެކުނު އޭޝިޔާގެ ތަފާތު ގައުމުތަކުގެ ޗެނަލްތައް ވެސް އޮޅުދޫ ކަރައިގައި ވަރަށް މަޝްހޫރު އެވެ. މަޝްހޫރު ދުވަހު ނޫސް ތަކުގެ ތެރޭގައި އިގިރޭސި ބަހުން ނެރެވޭ ޑެއިލީ މިރަރ، ސަންޑޭ ޓައިމްސް، ސަންޑޭ އޮބްޒާވަރ، ސިންހަޅަ ބަހުން ނެރޭ ލަކްބިމާ، ލަންކާޑީޕާ، ދިވަނިޔާ، އަދި ތަމަޅަ ބަހުން ނެރޭ ދިނަކަރާ، އަދި އުތާޔަން ފަދަ ނޫސްތައް ހިމެނެއެވެ. [އުނިއިތުރު ގެންނަވާ] ތަޢުލީމްއޮޅުދޫ ކަރައިގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 96 އިންސައްތަ އެވެ. މީގެ ތެރެއިން 66 އިންސައްތަ މީހުންނަކީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާ މީހުންނެވެ. ދެކުނު އޭޝިޔާގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ އޮޅުދޫ ކަރައިގައެވެ. ސުކޫލަށް ވަންނަ 90 އިންސައްތަ ކުދިން ސުކޫލް ތައުލީމީ މަރުޙަލާގައި ހިމެނޭ 9 އަހަރުގެ ކިޔެވުން ފުރިހަމަ ކުރާކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. މިއީ 1938 ވަނަ އަހަރު އޭރުގެ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ސީސީ ޑަބްލިޔޫ ކަންނަގާރާ ފައްޓަވައިދެއްވި މިނިވަން ތަޢުލީމީ ނިޒާމްގެ ނަތީޖާ ކަމަށް ގިނަބަޔަކު ދެކެއެވެ. މރ ކަންނަގާރާ ވަނީ އޮޅުދޫ ކަރައިގެ އެކި ހިސާބު ތަކުގެ ރަށްފުށުގައި ގްރޭޓް ސެންޓްރަލް ސުކޫލްގެ ނަމުގައި ސުކޫލްތައް އުފައްދައި ކިޔަވައި ދިނުމުގެ މަސައްކަތް ފަށައިފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އޮޅުދޫ ކަރައިގެ އެކި ހިސާބުތަކުގައި އަމިއްލަ އަދި އިންޓަނޭޝަނަލް މަދަރުސާތައް ވަނީ ގާއިމްކޮށްފައެވެ. އެންމެ ޢާއްމު ތަޢުލީމީ ޕްރޮގްރާމް ތަކުގެ ތެރޭގައި ޖީސީއެސްއީ އަދި އިންޓަނޭޝަނަލް ބެކްލޮރޭޓް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. އޮޅުދޫ ކަރައިގެ ސާނަވީ ހުރިހާ ސުކޫލް ތަކެއްގައި ވެސް ގްރޭޑް 13-1 އަށް ކިޔަވައި ދެއެވެ. ގްރޭޑް 11 ގެ އަހަރު ޖީސީއީ އޯލެވެލް އިމްތިޙާން ހަދާއިރު، ގްރޭޑް 13ގެ އަހަރު ޖީސީއީ އޭލެވެލް އިމްތިޙާނުގައި އިށީދެއެވެ. ބޮޑެތި ޝަހަރު ތަކުގައި ހުންނަ ވަރަށް ގިނަ ސުކޫލް ތަކުގައި ކިޔަވައިދެނީ ދެ ޖިންސްގެ ކުދީންނަށް ވަކީންނެވެ. ނުވަތަ ދެޖިންސްގެ ކުދިންނަށް ވަކި މަދަރުސާ ތަކުގައެވެ. އޮޅުދޫ ކަރައިގައި ގިނަ އަދަދަކަށް ޔުނިވަސިޓީތައް ހުރެއެވެ. މަޝްހޫރު ޔުނިވަސިޓީ ތަކުގެ ތެރޭގައި ކޮލަމްބޯ ޔުނިވަސިޓީ، ޖަފްނާ ޔުނިވަސިޓީ، ކެލަނިޔާ ޔުނިވަސިޓީ، މޮރަޓުވާ ޔުނިވަސިޓީ، ޕެރަޑެނިޔާ ޔުނިވަސިޓީ، ރުހުނާ ޔުނިވަސިޓީ، ޔުނިވަސިޓީ އޮފް ސްރީ ޖަޔަވަރުދަނާޕޫރާ، އީސްޓަން ޔުނިވަސިޓީ އޮފް ސްރީލަންކާ، ސަބަރަގަމްވާ ޔުނިވަސިޓީ އޮފް ސްރީލަންކާ، ރަޖާރަތު ޔުނިވަސިޓީ އޮފް ސްރީލަންކާ، އަދި މިނޫން ބައެއް ޔުނިވަސިޓީތައް ހިމެނެއެވެ. [އުނިއިތުރު ގެންނަވާ] ކުޅިވަރުއޮޅުދޫ ކަރައިގެ ރަސްމީ ކުޅިވަރަކީ ވޮލީ ބޯޅައެވެ. ނަމަވެސް އޮޅުދޫ ކަރައިގައި އެންމެ މަޝްހޫރު ކުޅިވަރަކީ ކްރިކެޓް އެވެ. އެހެން ނަމަވެސް ގިނައަދަދެއްގެ މީހުން ފެނުގެ ކުޅިވަރު ތަކާއި، އެތުލެޓިކްސް، ރަގަބީ، ފުޓްބޯޅަ، އަދި ޓެނިސް ފަދަ ކުޅިވަރު ތަކުގައި ޝާމިލް ވާކަން ފާހަގަ ވެއެވެ. ކޮޅުބުގައި ތަފާތު ކުޅިވަރުތަކަށް ޚާއްޞަ ކްލަބުތައް ހުރެއެވެ. އޮޅުދޫ ކަރައިގެ ސުކޫލް ތަކާއި ކޮލެޖް ތަކުގެ މެދުގައި ގައުމީ އަދި ރަށްރަށުގެ ފެންވަރުގައި ތަފާތު ކުޅިވަރުތައް ރާވައި ހިންގުން އޮވެއެވެ. މޫދު ކުޅިވަރުގެ ގޮތުގައި ބެލެވޭ ބޯޓް ދުއްވުން، ރާޅާ އެޅުން، ފީނުން، ފެތުން ފަދަ ކުޅިވަރުތަކަކީ އޮޅުދޫ ކަރައިގެ އަހުލުވެރިންގެ އިތުރުން ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިފައިވާ ކުޅިވަރު ތަކެވެ. ވަރަށްގިނަ ޢަދަދެއްގެ ކުޅިވަރު ސްޓޭޑިއަމް ތައް އޮޅުދޫ ކަރައިގައި ހުރެއެވެ. ފާހަގަ ކޮށްލެވޭ ސްޓޭޑިއަމް ތަކުގެ ތެރޭގައި ސިންހަޅީޒް ސްޕޯޓްސް ކްލަބް ގްރައުންޑް، އާރް ޕްރެމަދާސާ ސްޓޭޑިއަމް، ރަންގިރީ ޑަމްބައްލާ ސްޓޭޑިއަމް، އަދި ގައްލޭ އިންޓަނޭޝަނަލް ސްޓޭޑިއަމް ފަދަ ތަންތަން ހިމެނެއެވެ. އޭޝިޔާ ކަޕް ތަފާތު ފަހަރުތަކު އޮޅުދޫ ކަރައިގައި ބާއްވައިފައި ވެއެވެ. އަދި 1996 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އޮޅުދޫ ކަރައިގައި ޕާކިސްތާން އަދި އިންޑިޔާ ގުޅިގެން ބާއްވައިފައި ވެއެވެ. މީގެ އިތުރުން 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ މެޗް ތައް ވެސް އޮޅުދޫ ކަރައިގައި ކުޅޭ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. 1996 ވަނަ އަހަރު ގެ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންގެ އިތުރުން 1996 އަދި 2004 ގެ އޭޝިޔާ ކަޕްގެ ޗެމްޕިއަންކަން ވެސް އޮޅުދޫ ކަރަ ހޯދާފައި ވެއެވެ. [އުނިއިތުރު ގެންނަވާ] އެކިއެކި ހަގީގަތް
[އުނިއިތުރު ގެންނަވާ] މިވެސް ބައްލަވާ[އުނިއިތުރު ގެންނަވާ] އިތުރު ގުޅުންތައް[އުނިއިތުރު ގެންނަވާ] ބަލައިލުން[އުނިއިތުރު ގެންނަވާ] ފަތުރުވެރިކަން
ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސާކް) މެންބަރު ގައުމުތައް: އަފްޣާނިސްތާން | ބަންގާޅު | ބޫޓާން | ހިންދުސްތާން | ދިވެހިރާއްޖެ | ނޭޕާލް | ޕާކިސްތާން | އޮޅުދޫކަރަ
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||