އެކުމާފާނު

ދުނިޔޭގައި އެކުމާފާނު (Encyclopedia) އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ކޮށްފައިވަނީ މީގެ 2000 އަހަރު ކުރީން ޔޫނާނީންގެ ތެރޭގައެވެ. ޔޫނާނީންގެ ފައިލަސޫފް އަރިސްތޫ (Aristotle) އަށް، އޭނާ ތަފާތު މައުޟޫޢުތަކުގެ މަޒުމޫނުތައް ޚުލާޞާކޮށް އެއް މުޖައްލަދަކަށް ޖިލްދުކުރަން އުޅުއްވާފައިވާތީ، އެކުމާފާނު ގެ ބައްޕަ ކަމުގައި ނިސްބަތް ކުރެވުނު ކަމުގައި ވިޔަސް، އެންމެ ފުރަތަމަ އެކުމާފާނެއް އެކުލަވައިލީ އީސާގެފާނުގެ މީލާދުގެ 4 ގަރުނު ކުރީގައި އުޅުއްވި ޔޫނާނީ ފައިލަސޫފް އަފްލާތޫން (Plato) ގެ ހަވާރީއެއް ކަމުގައިވާ ސިއްފީސީ (Speusippus) އެވެ. އެހެން ނަމަވެސް ސިއްފީސީގެ މަސައްކަތް މިއަދު އަހުރެމެންނަށް ފެންނާކަށެއް ނެތެވެ. އެންމެ ފުރަތަމަ ރޫމާނީ އެކުމާފާންކާރަކީ މަރިކަސް ތަރަންތިއަސް ވާރޯ (Marcus Terentius Varro) އެވެ. އޭނާ މިނިވަން ފައްނުތަކާ (Liberal Arts) މައްޗަށް އެކުލަވާލެއްވި އެކުމާފާނުގެ ނަމަކަށް ކިއިފައިވަނީ ޑިސިޕިލީނާ (Diciplinae / The Diciplines, 30 BC.) އެވެ. އޭގައި ނުވަ ފޮތް ވިއެވެ. އެއީ ނަޙޫ އާއި ބަހުރުވައާއި ފަސާހަތާއި ޖޯމެޓްރީއާއި އެރިއްތްމެޓިކް އާއި ނުޖޫމީ ޢިލްމާއި ސަންގީތާއި ބޭސްވެރިކަމާއި އާކިޓެކްޗަރ، މިއިން ކޮންމެ ފައްނަކަށާއި ޢިލްމަކަށް ފޮތެއްގެ މަގުންނެވެ. އެހެން ނަމަވެސް މިއަދު މިއިން އެއްވެސް ފޮތެއް ފެންނާކަށެއް ނެތެވެ. މިއަދު ފެންނާން އޮތް އެންމެ ދުވަސްވީ އެކުމާފާނަކީ ރޫމާނީ ލިޔުންތެރިއާ ބޮޑު ފިލިނީ (Pliny the Elder) އެކުލަވާލެއްވި ހިސްޓޯރިއާ ނެޗުރާލިސް (Historia Naturalis/ Natural History, about AD 77) އެވެ. މިއީ ޠަބީޢީ ޢިލްމުގެ މައްޗަށް އެކުލަވާލެވިފައިވާ އެކުމާފާނެކެވެ. އޭގައިވާ 37 ފޮތުގައި އެކުލެވިފައިވާ 2493 ބާބުގައި ދުނިޔޭގެ ވިޔަވީ އަދި ޖިސްމާނީ ތާރަފް ހިމެނިފައިވެއެވެ. މިގޮތުން އެންތްރޮޕޮލޮޖީއާއި އިންސާނާގެ ޖިސްމާނީ އިލްމާއި ގަހަވީ އިލްމާއި (ޒިރާޢަތާއި ޖަންގަލި ބެލެހެއްޓުމާއި ބަގީޗާވީ އިލްމު ނުވަތަ ހޮރޓިކަލްޗަރ ހިމެނިގެންވާނޭހެން އަދި) ހައިވާނަވީ އިލްމާއި މައުދަނީ އިލްމާ ގުޅޭ (ފައްނުވެރިކަމުގައި މައުދަނާއި އަގުބޮޑު ޖަވާހިރުތައް ބޭނުން ކުރާނޭ ގޮތް ވެސް ހިމަނައިގެން) މަޒުމޫނުތައް ހިމެނިފައިވެއެވެ.


Teledyski lakiery wodne Kolczyki narty Ikony
Plaza 3 star hotel Los Angeles

www.triptake.com
kreatyna
kreatyna
www.activebody.pl
krynica noclegi
krynica noclegi,ośrodek, wyp…
gornik.com.pl
Gry Online
Gry Online
www.pozycjonarka.in…
usb
usb, usb
www.krj.pl