އަތްމަތީފޮށިއެހެން ބަސްބަހުން
|
އިނގިރޭސި
އިނގިރޭސި ބަހަކީ އިނގިރޭސިވިލާތުގައި ތަރައްޤީ ވެގެން އައި ބަހެކެވެ. މިބަސް ނިސްބަތްވަނީ ހުޅަނގު އަލްމާނީ ބަސްތަކުގެ ޢާއިލާ އަށެވެ. މި އަދު މިބަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އޮސްޓަރުލިޔާ އާއި ކެނެޑާ އާއި އަޔަލޭންޑް އާއި ނިއުޒިލޭންޑް ގެ އިތުރުން އިނގިރޭސިލާތާއި އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ބަހެވެ. އަދި ދެވަނަ ބަހެއްގެ ގޮތުގައާއި ރަސްމީ ބަހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އިނގިރޭސި ބަސް ބޭނުން ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ކޮމަންވެލްތު ގެ ގައުމުތަކުގައެވެ. އަދި ހަމަ އެހެންމެ ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތް ތަކުގެ ރަސްމީ ބަހެއް ކަމުގައި ވެސް ކަނޑައަޅާފައިވާ ބަހަކީ އިނގިރޭސި ބަހެވެ. ޒަމާނީ އިނގިރޭސި ބަހަކީ ދުނިޔޭގެ ލިންގުއާ ފްރާންކާގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މުވާޞަލާތާއި ސައެންސާއި ވިޔަފާރިއާއި އޭވިއޭޝަނާއި މުނިފޫހިފިލުވުމާއި ޑިޕްލޮމަސީ އާއި އިންޓަނެޓް ގައި ބޭނުން ކުރެވޭ މައި ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ވިލާތުގެ ރަށްތަކުން ބޭރުގައި އިނގިރޭސި ބަސް ބޭނުން ކުރެވެން ފެށީ ބިރިޠާނަވީ އަމްބަރާޠޫރިއްޔަތުގެ ސަބަބުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެމެރިކާ ނުފޫޒަކީ ވެސް އިނގިރޭސި ބަހަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ. އަދި ހަމަ އހެންމެ އެމެރިކާއިން ތަރައްޤީ ކުރި މުވާޞަލާތީ ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސި ބަހާ ނުލައި އުޅުމަކީ ދަތިކަމަކަށް ވެގެން ދިޔައެވެ. ތަފާތު ޢިލްމީ ދާއިރާ ތަކުގެ އަސާސީ ބޭނުން ތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަން ޖެހޭތީ މުޅި ދުނިޔޭގެ ތަޢުލީމީ ނިޒާމުގައި ވެސް އިނގިރޭސި ބަސް ކޮންމެވެސް ދަރަޖައަކަށް ކިޔަވައިދެވެއެވެ. [އުނިއިތުރު ގެންނަވާ] ތާރީޚުއިނގިރޭސި ބަހަކީ އެންގްލޯ-ފްރީސިއަން ބަހެކެވެ. އިނގިރޭސި ބަހުން އެކުލަވާލެވިފައިވާ ވިކިޕީޑިއާ
|
||||||||||||||||||||||||||