އަތްމަތީފޮށިއެހެން ބަސްބަހުން
|
ހިންދީ
ހިންދީ، ބަހަކީ ހުޅަނގު-ހިންދުސްތާނީ އާއިލާގެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ތިބީ އުތުރާއި މެދުތެރެއާއި ހުޅަނގު ހިންދުސްތާނުގައެވެ. ހިންދުސްތާނުގެ ރަސްމީ 18 ބަހުގެ ތެރެއިން އެންމެ މުހިއްމު ބަހެވެ. ވަރަށް ގިނަ ފަހަރު ހިންދީ ބަހާއި އުރުދޫ ބަހާ ދެމެދު ހުންނަނީ ކޮން ތަފާތުތަކެއް ކަމާ މެދު ސުވާލު އުފެދޭތަން އާދެއެވެ. މި ސުވާލުގެ ޖަވާބަކީ، ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮތްޕެވެ. ހިންދީ ބަސް ލިޔަނީ ދޭވަނާގަރީ އަކުރުންނެވެ. އުރުދޫ ބަސް ލިޔަނީ ފާރިސީ އަކުރުންނެވެ. ހިންދީ ބަހުގެ ބަސްކޮށާރުގައި ގިނައީ ސެންސިކިރުތު ޝަބްދުތަކެވެ. އުރުދޫ ބަހުގެ ބަސްކޮށާރު ބިނާވެފައި ވަނީ ފާރިސީ ލަފުޒުތަކުގެ މައްޗަށެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހާއި ހިންދީ ބަހުގެ ވެސް އަސްލު ކަމުގައިވާ ހިންދުސްތާނީ ބަސް ކަމަށް ވުމުން އުރުދޫ ބަސް ދަންނަ މީހުންނަށް ވެސް އަދި ހިންދީ ބަސް ދަންނަ މީހުންނަށް ވެސް ފިލްމީ ބަހުރުވަ އެނގެނީއެވެ.
[އުނިއިތުރު ގެންނަވާ] ސަރަޙައްދުހިމާޗަލް ޕްރަދޭޝާއި ދިއްލީ އާއި ހަރިޔާނާ އާއި ޗަންދީގަޅާއި އުއްތަރް ޕްރަދޭޝާއި ރާޖަސްތާނާއި މަދްޔަ ޕްރަދޭޝާއި ބިހާރާއި އުއްތަރާންޗަލާއި ޖަރްކަންދާއި ޗައްތީސްގަރް، މިއީ ހިންދީ ބަހުގެ ނުފޫޒު އެންމެ ވަރުގަދަ ރާއްޖެ ތަކެވެ. މީގެ އިތުރުން ގުޖުރާތާއި ޕަންޖާބާއި ކަޝްމީރުގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ ހަދައެވެ. މި ތިން ރާއްޖެ އަކީ ވެސް އަމިއްލަ ބަހެއް އޮވެ އެބަހުން ވާހަކަ ދައްކާ ރާއްޖެ ތަކެވެ. ޝަހަރު ތަކުގެ ތެރެއިން މުންބާއީ އާއި ދިއްލީ އާއި ޗަންދީގަޅާއި އަހުމަދުއާބާދާއި ކަލްކައްތާ އާއި ބެންގަލޫރާއި ހައިދަރުއާބާދުގެ އިތުރުން މައިސޫރުގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. ހިންދުސްތާނާއި ޕާކިސްތާނުގެ ރާއްޖެ ތަކުގެ އިތުރުން ދެކުނާއި އިރުމަތީ އެފްރިކާގެ ގައުމުތަކުގައި ދިރިއުޅޭ ހިންދުސްތާނީ އާބާދީގެ ތެރޭގައި ބޭނުން ކުރެވޭ މައިގަނޑު ބަހަކީ ހިންދީ ބަހެވެ. މި ގައުމުތަކުގެ އިތުރުން ފިޖީ އާއި މޮރިޝަސް އާއި ގުއާނާ އާއި ސުރިނާމާއި ޓިރިންޑާޑު އަދި ޓޮބޭގޯ ގެ އިތުރުން މެލޭޝިޔާ އާއި އަސޭކަރައިގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ. [އުނިއިތުރު ގެންނަވާ] އަސްލުންގެ އަދަދުހިންދީ ބަހަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ވާހކަ ދައްކާ ބަސްބަހުގެ ތެރެއިން އެއް ބަހެވެ. މާދަރީ ބަހެއްގެ ގޮތުގައި ގާތްގަނޑަކަށް 480 މިލިއަން މީހުން ހިންދީ ބަހުން ވާހަކަ ދައްކާއިރު ދެވަނަ ބަހެއްގެ ގޮތުގައާއި އެނޫން ގޮތްގޮތުން ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު 900 މިލިއަނަށް ވުރެ ގިނައެވެ. މީގެ މާނައަކީ ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަށް ހިންދީ ބަސް ފަހުމުވެއެވެ. މާދަރީ ބަހުގެ ގޮތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދަށް ބަލާއިރު ހިންދީ ބަހަކީ ދުނިޔޭގައި 2 ވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހެވެ. 1991 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ހިންދުސްތާނުގެ އާބާދީގެ 40.22% މީހުންނަށް ހިންދީ ބަހުން ވާހަކަ ދައްކަން އެނގެއެވެ. ހިންދުސްތާނުގައި މާދަރީ ބަހެއްގެ ގޮތުގައި ރާދަ ހިންދީ ބަހުން ވާހަކަ ދައްކާ 180 މިލިއަން މީހުން އެބަތިއްބެވެ. 300 މިލިއަން މީހުން މި ބަސް ބޭނުން ކުރަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. ހިންދުސްތާނުން ބޭރުގައި، ނޭޕާލުގައި 8 މިލިއަން މީހުން ދެކުނު އެފްރިކާގައި 890،000 މީހުން މޮރިޝަސް ގައި 685،000 މީހުން އެމެރިކާގައި 317،000 މީހުން ޔަމަނުގައި 233،000 މީހުން ޔޫގެންޑާ ގައި 147،000 މީހުން ޖަރުމަނުގައި 30،000 މީހުން ނިއުޒިލޭންޑުގައި 20،000 މީހުން ސިންގަޕޫރު ގައި 5000 މީހުން ދިވެހިރާއްޖޭގައި 4000 މީހުން ތިބިއިރު އިނގިރޭސިވިލާތާއި އެކުވެރި އަރަބި އިމާރާތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު ވަރަށް ގިނައެވެ. އަދި މީގެ އިތުރުން އޮސްޓޭލިޔާ އާއި ކެނެޑާ ގައިވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ގިނަ އަދަދަކަށް އެބަ ތިއްބެވެ. ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮފި ނުވަތަ ދެ ބަހުރުވަ ކަމަށް ވާތީ އުރުދޫ ބަހުގެ އަހުލުވެރިންނަށް ހިންދީ ހަމަ އެފަދައިން ހިންދީ ބަހުގެ އަހުލުވެރިންނަށް އުރުދޫ އެނގެއެވެ. އެހެން ނަމަވެސް މާދަރީ ބަހެއްގެ ގޮތުގައި އުރުދޫ ބަހުން ވާހަކަ ދައްކާ މީހުންގެ މާދަރީ ބަހަކީ ހިންދީ ބަސް ކަމުގައެއް ނުބެލެއެވެ. ހަމަ އެފަދައިން މާދަރީ ބަހެއްގެ ގޮތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންވެސް އުރުދޫ ބަހުގެ އަސްލުންގެ ތެރެއަކު ނުގުނެއެވެ. [އުނިއިތުރު ގެންނަވާ] ތާރީޚުހިންދީ ބަހަކީ ސެންސިކިރުތު ބަހުން އުފެދިފައިވާ ހިންދުސްތާނީ ބަހުގެ ގޮތްޕެކެވެ. ހިންދީ ބަސް މިއަދު މިއޮތް ގޮތަށް އުފެދުމުގެ ތެރޭގައި އެބަސް ދަތުރުކޮށްފައިވާ މަގަކީ، މެދުތެރޭ ހިންދު-އާރީ ޕްރާކްރިއްތް ބަސްބަހުން މެދުޒަމާނުގެ އަޕަބްރަމްޝާ ތެރެއިންނެވެ. ރާދަ ކުރެވިފައިވާ ހިންދީ ބަސް ހިންދުސްތާނުގެ ރަސްމީ ބަހެއްގެ ގޮތުގައި ހިމެނުނީ 26 ޖަނަވަރީ 1950 މ. ގައެވެ. ހިންދީ ބަހުގެ އިތުރުން އިނގިރޭސި ބަހާއި އަދި އިތުރު 21 ބަހެއް ހިންދުސްތާނުގެ ގާނޫނު އަސާސީން އެތާގެ ރަސްމީ ބަސްތަކުގެ ގޮތުގައި ތަސްދީގު ކޮށްފައި ވެއެވެ. [އުނިއިތުރު ގެންނަވާ] ރާދަ ހިންދީހިންދުސްތާނަށް އާޒާދީ ލިބުމަށް ފަހުގައި ހިންދުސްތާނުގެ ސަރުކާރުން ހިންދީ ބަސް ރާދަކުރުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ތިރީގައި މިވާ ބަދަލުތައް އައެވެ.
[އުނިއިތުރު ގެންނަވާ] ބަސްކޮށާރުރާދަ ހިންދީ ބަހުގައި ހުންނަ ގިނަ އިސްތިލާހުތައް ނެގިފައިވަނީ ސެންސިކިރުތު ބަހުންނެވެ. ރާދަ ހިންދީ ނުވަތަ ޝުއްދަ ހިންދީ ބަސް އާންމުކޮށް ބޭނުން ކުރެވެނީ އާންމު ތަގުރީރުތަކުގައާއި ރޭޑިއޯ އަދި ޓީވީ ކަބަރުގައެވެ. އާންމު ދިރިއުޅުމުގައި ގިނަ މީހުން ބޭނުންކޮށް އުޅޭނީ ހިންދުސްތާނީ ބަހުގެ ކޮންމެވެސް ބަހުރުވައެކެވެ. މި ބަހުރުވަ ތަކުގައި ގިނަ އަދަދަކަށް ފާރިސީ ބަހުގެ ލަފުޒުތައް ހިމެނިފައިވެއެވެ. މީގެ އިތުރުން އިނގިރޭސި ބަހާއި އަދި އެނޫން އެހެން ބަސްބަހުން ގެނެވިފައިވާ ލަފުޒުތައް ވެސް ބޭނުން ކުރެވެއެވެ. އާންމު އުރުދޫ އާއި އާންމު ހިންދީ ތަފާށތު ބަހެއްގެ ގޮތުގައި ވަކި ކުރެވޭ ވަރަށް ވުރެ އެއްގޮތްކަން ބޮޑެވެ. ސަބަބަކީ އާންމު ހިންދީ އާއި އާންމު އުރުދޫގެ ގޮތުގައި ބެލެވިފައިވަނީ ހިންދުސްތާނީ ބަހުގެ އެކި ބަހުރުވަތައް ކަމަށް ވާކަމެވެ. މިއަދު މިދެބައި ވަކި ކުރާއިމަކީ ބަސްކޮށާރުގެ އަސްލެވެ. ސެންސިކިރުތު އަސްލާއި ފާރިސީ އަސްލެވެ. [އުނިއިތުރު ގެންނަވާ] ބަހުރުވަތައްހިންދީ ބަހުގެ ބަހުރުވަތައް ގިނަގުނަ އެވެ. ހަމަ އެފަދައިން ބަހުރުވަތައް ކަމުގައި ކަނޑއެޅުމުގައި ވެސް ރާދަ ހަމައެއް ނޯވެއެވެ. މިސާލަކަށް ޕަންޖާބީ ބަހާއި ނޭޕާލީ ބަހަކީ ވަކި ދެބަހެއްގެ ގޮތުގައި ބެލެވޭއިރު، އެއީ ހިންދީ ބަހުގެ ދެ ބަހުރުވަ ކަމުގައިވެސް ބެލެވެއެވެ. ގިނަ ފަހަރަށް ހިންދީ ބަހުގެ ބަހުރުވަތައް ބަހާލެވެނީ ދެ ބަޔަކަށެވެ. އެއީ، ހުޅަނގު ހިންދީ އާއި އިރުމަތީ ހިންދީ އަށެވެ. މި ދެބައިގެ ތެރޭގައި ކުދިކުދި އެތައް ބައެއް ހިމެނިފައި ވެއެވެ. ތިރީގައި މިވާ ލިސްޓުގައި ވަނީ ހިންދީ ބަހުގެ ބަހުރުވަތަކެވެ. މީގެ ތެރޭގައި ބޯ އަކުރުން ފާހަގަ ކުރެވިފައި އެވަނީ ވަކި ބަހެއްގެ ގޮތުގައި ވެސް ބެލެވޭ ބަހުރުވަ ތަކުގެ ނަންތަކެވެ.
[އުނިއިތުރު ގެންނަވާ] އަޑުތައްރާދަ ހިންދީގައި 11 ލީނާއި 35 ސުކުންއަކުރު އޮވެއެވެ. [އުނިއިތުރު ގެންނަވާ] ލީނުމިތާގައި މިވަނީ ހިންދީބަހުގެ ލީނުތަކާއި އޭގެ މަގާމު ދައްކައިދޭ ޗާޓެކެވެ. [އުނިއިތުރު ގެންނަވާ] ލިޔެކިޔުމުގެ ނިޒާމުހިންދީ ބަސް ލިއުމަށް ބޭނުންކުރާ އަކުރަކީ ދޭވަނާގަރީ އަކުރެވެ. މިއީ ހިންދު-އާރީ އާއިލާގެ މައި ބަސް ކަމުގައި ބެލެވޭ ސެންސިކިރުއްތް ބަސް ވެސް އެ އަކުރަކުން ލިޔާ އަކުރެވެ. [އުނިއިތުރު ގެންނަވާ] އަދަބިއްޔާތުހިންދީ ބަހަކީ އަދަބިއްޔާތުގެ ރޮނގުގައި ވެސް ވަރަށް ކުރިއަރާފައިވާ ބަހެކެވެ. ހިންދީ ބަހުން އެކުލަވާލެވިފައިވާ ވިކިޕީޑިއާ
|
|||||||||||||||||||||||||||||